ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބޭ: މިނިސްޓްރީ

ތުރުކީވިލާތާއި ސޫރިޔާއަށް އައި ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ނުލިބޭ: މިނިސްޓްރީ

ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވެ ނުވަތަ ހާލުގައި ޖެހިގެން މިހާތަނަށް ރިޕޯޓްކޮށްފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތާއި ސޫރިޔާގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 4300އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މިހާތަނަށް އެއްވެސް ދިވެއްސަކަށް އަނިޔާވެ ނުވަތަ ހާލުގައި ޖެހިގެން އެ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިނުވާކަމަށެވެ. ނަމަވެސް ތުރުކީވިލާތުގައި ހުންނަ އޮނަރަރީ ކޮންސުލްއާއި، ޖެނީވާގައި ހުންނަ ދިވެހި މިޝަނުން، ތުރުކީވިލާތުގައި ދިރިއުޅޭ ދިވެހިންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.

ތުރުކީވިލާތަކީ މަތީ ތަޢުލީމު ހޯދުމަށް ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ޤައުމެކެވެ. އަދި އެޤައުމަށް ޗުއްޓިއަށާއި، ބޭސްފަރުވާއަށްވެސް ދިވެހިން ދަތުރުކުރެއެވެ.

ތުރުކީވިލާތުގެ ރަށެއް ކަމުގައިވާ ގައިއެންޓެޕް ކައިރިއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ސައިޕްރަސްއާއި ލުބުނާނަށް ވެސް ކޮށްފައިވެއެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ. މި ބިންހެލުމާ ގުޅިގެން ތުރުކީވިލާތާއި ސޫރިޔާގެ ގިނަ ޢިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ތުރުކީވިލާތާއި އިމަޖެންސީ އެހީދޭ ޓީމުތަކުން ރިޕޯޓްކުރާ ގޮތުގައި 5،600އަށް ވުރެ ގިނަ އިމާރާތް ވަނީ ބައެއް ސިޓީތަކުގައި ބިމާހަމަވެފައެވެ.

އަދި ފިނިގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން، ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ އެތަކެއް ހާސް ބަޔަކު ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *