ދުނިޔޭގެ ވަޒީފާގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް އައިއެލްއޯއިން ލަފާކޮށްފި

ދުނިޔޭގެ ވަޒީފާގެ ކުރިއެރުން މަޑުޖެހޭނެ ކަމަށް އައިއެލްއޯއިން ލަފާކޮށްފި

ދުނިޔޭގެ ވަޒީފާގެ ބާޒާރުގެ ކުރިއެރުން މިއަހަރު %2އަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ބުނެފިއެވެ. މިއީ ރަޝިއާ އާއި ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ލިބޭ އިގްތިސާދީ ގެއްލުތަކުންނާއި އިންފްލޭޝަން މަތިވުމާއި މާލީ އުސޫލުތައް ހަރުކަށިވުމުގެ ސަބަބުން ދިމާވެދާނެ ގޮތެއްކަމެއް ކަމަށްވެސް އައިއެލްއޯއިން ފާހަނގަކުރިއެވެ.

މިއާއެކު ދުނިޔޭގެ ވަޒީފާ ނެތް މީހުންގެ އަދަދު މިއަހަރު 3 މިލިއަން އިތުރުވެ، ވަޒީފާ ނެތް މީހުންގެ ނިސްބަތް ޖުމްލަ 208 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އައިއެލްއޯގެ ރިޕޯޓުގައި ވެއެވެ.

ވަޒީފާގެ ދަތިކަން ގައުމުތަކަށް ކުރިމަތިވެފައި މިވަނީ މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަންނަމުންދާ ދަނޑިވަޅެއްގައެވެ.

އަމިއްލަ މަސައްކަތުގައި ހަރަކާތްތެރިވާ ކުދިވިޔަފާރިވެރިންގެ އަދަދު މަދުވެފައިވީނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި މިއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އައިއެލްއޯ އިން ބުނެއެވެ.

ދުނިޔޭގެ ވަޒީފާގެ ކުރިއެރުން މި އަހަރު %1.5 އަށް ކުރިއަރާނެ ކަމަށް މީގެކުރިން އައިއެލްއޯ އިން ލަފާކޮށްފައި އޮތް ނަމަވެސް ވަޒީފާގެ ކުރިއެރުން މި އަހަރު މިއަށްވުރެ ދަށްވާނެ ކަމަށް އައިއެލްއޯ އިން ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *