ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުން ރައީސް ޞާލިޙް ތައުޒިޔާ ފޮނުއްވައިފި

ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުން ރައީސް ޞާލިޙް ތައުޒިޔާ ފޮނުއްވައިފި

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވުމާއި ގުޅިގެން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި، ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވުމާއި ގުޅިގެން މުޅި ޗައިނާ ހިތާމަ ފާޅުކުރަމުންދާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައިވެ އެވެ.

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންއަކީ ދުރު ވިސްނުމާއެކު އެ ޤައުމުގެ ރައްޔިތުންނަށް އިޖްތިމާޢީ އަދި އިޤްތިޞާދީ ފުދުންތެރިކަން ހޯއްދަވައިދެއްވުމަށް އަދި ބައިނަލްއަޤްވާމީ މައިދާނުގައިވެސް ޗައިނާއަކީ ފާހަގަކޮށްލެވޭފަދަ މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށް ހެދުމަަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވި ލީޑަރެއްގެ ގޮތުގައި ހަނދާންކުރެވިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސްގެ މެސެޖުގައި، މި ހިތާމައިގެ މިދަނޑިވަޅުގައި ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޢާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *