ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި

ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި

ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މަހިންދާ ޔަޕާ އަބޭވަރްދެނާއަށް ގޮޓަބަޔާގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް އޭނާއާ ހަވާލާދީ ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ގޮޓަބަޔާ އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް އަޑުފެތުރުނު ނަމަވެސް އެކަން ކުރައްވާފައެއް ނުވެއެވެ. އިއްޔެ ގޮޓަބަޔާ ހުންނެވީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށްވެއެވެ. އޭނާ މިއަދު ސައުދީ އެއަރލައިންސުން ވަނީ މެލޭޝިއާއަށް ފުރާ ވަޑައިގެންފައެވެ.

ރައީސް ގޮޓަބަޔާ އިސްތިއުފާ ދެއްވާފައިވަނީ ރައްކާތެރި މާހައުލަކަށް ވަޑައިގަތުމަށްފަހުގައި ކަމަށް ވެއެވެ. ނަމަވެސް  ގޮޓަބަޔާ ސިންގަޕޫރަށް ވަޑައިގެންފައިވާ ކަމަށާއި، އައިސްފައިވަނީ އެމަނިކުފާނު އެ ގައުމަށް ވަޑައިގެންނެވީ އަމިއްލަ ދަތުރުފުޅެއް ގައި ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ހިމާޔަތް ހޯއްދަވާފައި ނުވާ ކަމަށާއި އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވެސް ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ހާމަކުރައްވާފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *