ލަންކާގެ ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފި

ލަންކާގެ ރައީސް އިސްތިއުފާ ދެއްވަން ނިންމަވައިފި

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ. އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި ލަންކާގެ ޕާލިމެންޓްގެ ރައީސް ވަނީ އެކަން ހާމަކުރައްވާފައެވެ.

ލަންކާ މަޖިލީހުގެ ރައީސްގެ ބަޔާނުގައި ގައުމުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވާނަމަ ދޭންޖެހޭ ނޯޓިސް ދެއްވާފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެއެވެ. އެގޮތުން ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.

ސްރީލަންކާގައި މިއަދު އެތައް ހާސް ބަޔަކު އަންނަނީ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.

އެގޮތުން އެތައްބަޔަކު ވެރިރަށް ކޮލަމްބޯއަށް އެއްވެ، ގޮތަބަޔަގެ އިސްތިއުފާއަށް ގޮވަމުން އަންނައިރު، ގޯތަބަޔަގެ ރަސްމީގެއާއި އޮފީހަށް ވެސް ވަނީ ވަދެގަނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *