ޔޫކްރެއިނުން ގޮވާން ލިބުން ދަތިވެ އިންޑިޔާގެ ދަނޑުތަކާ ދިމާލަށް

ޔޫކްރެއިނުން ގޮވާން ލިބުން ދަތިވެ އިންޑިޔާގެ ދަނޑުތަކާ ދިމާލަށް

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ޔޫކްރެއިނުގައި ހައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައުމުގެ ސަބަބުން އިންޑިޔާއިން ގޮވާމުގެ ބާވަތްތައް ހޯދުމަށް މިޞްރުން މަސައްކަތް ފަށައިފިއެވެ. މިޞްރުގެ ސަޕްލައިއާ ބެހޭ ވަޒީރު ޢަލީ މޫސަލްޙީ ވިދާޅުވީ، އިންޑިޔާއިން 180,000 ޓަނުގެ ގޮވާން ގަތުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމުގައެވެ.

މިޞްރަކީ، ގޮވާމުގެ ބާވަތްތައް އެންމެ ގިނަ އަދަދަކަށް އިމްޕޯޓު ކުރާ އެއް ޤައުމެވެ. އެ ޤައުމުން މީގެ ކުރިން ގޮވާމުގެ ބާވަތްތައް ގަންނަމުން ދިޔައީ ރަޝިޔާއާއި ޔޫކްރެއިނުންނެވެ. ނަމަވެސް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ބާޒާރުން ގޮވާމުގެ ބާވަތްތައް ލިބުމަށް ދަތިވުމާ ގުޅިގެން މިޞްރުން ވަނީ ގޮވާން ހައްދާ އެހެން މާކެޓުތައް ހޯދަން ފަށާފައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މިޞްރަށް ވަނީ މާލީ ގޮތުން ވެސް ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. މިޞްރުގައި މި ވަގުތު ރައްކާކޮށްފައި ހުރި ގޮވާމުގެ ސްޓޮކް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އެ ޤައުމުން ބުނެއެވެ.

މިޞްރާއި އިންޑިޔާއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން 500,000 ޓަނުގެ ގޮވާން ގަތުމަށް މިޞްރުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް، މޭ މަހުން ފެށިގެން ގޮވާމުގެ ބާވަތްތައް އެކްސްޕޯޓު ކުރުން އިންޑިޔާއިން ހުއްޓައިލުމާ ގުޅިގެން މި އަދަދު މި ވަނީ ދަށްކޮށްފައެވެ. މި ވަގުތު އިންޑިޔާއިން ގޮވާމުގެ ބާވަތްތައް ފޯރުކޮށްދެނީ ކާބޯތަކެތީގެ ރައްކާތެރި ކަން ކަށަވަރު ކޮށްދިނުމަށް ދަތިވެފައިވާ ޤައުމުތަކަށް އެކަންޏެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *