ޕާކިސްތާނުގައި ބަސް އެކްސިޑެންޓެއް ހިނގައި 22 މީހުން މަރުވެއްޖެ

ޕާކިސްތާނުގައި ބަސް އެކްސިޑެންޓެއް ހިނގައި 22 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ދެކުނުގެ ސަރަޙައްދެއް ކަމުގައިވާ ބަލޮކިސްތާނުގެ ކިއްލާ ސައިފުالله ގައި ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 22 މީހުން މަރުވެއްޖެއެވެ. ހައިވޭއެއްގައި ދަތުރުކުރަމުން ދަނިކޮށް މި ބަސް އެކްސިޑެންޓްވެފައި ވަނީ ބާރު ސްޕީޑުގައި ދުއްވުގެ ސަބަބުން ކަމަށް ބެލެވެއެވެ.

ފަރުބަދަމަތީ ސަރަޙައްދަކުން ދަތުރުކުރަމުން ދަނިކޮށް ހިނގި މި އެކްސިޑެންޓަށް ފަހު ބަސް ވަނީ ހައިވޭއިން ބޭރަށް ވެއްޓިފައެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ކިއްލާ ސައިފުالله ގެ އޮފިޝަލުން ބުނެއެވެ. މި ހާދިސާގައި އެއް ޢާއިލާއަކަށް ނިސްބަތްވާ ނުވަ މީހަކު ވެސް މަރުވިއެވެ.

މި ހާދިސާގެ ޚަބަރު ލިބިވަޑައިގަތުމާ އެކު ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ ވަނީ އެ ކަމާ ހިތާމަ ފާޅު ކުރައްވާފައެވެ. އަދި، މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް، އެ މީހުންގެ ޢާއިލާތަކަށް ރައްދުކޮށްދެއްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ހިނގި މި ފަދަ ނުރައްކާތެރި އެހެން ހާދިސާއެއްގައި 33 މީހުން މަރުވިއެވެ. ޕާކިސްތާނުގެ މެދުތެރޭ ސަރަޙައްދެއްގައި ހިނގި މި ހާދިސާގައި މަރުވެފައި ވަނީ ޢީދެއް ފާހަގަކުރަން އެ މީހުންގެ އުފަން ރަށަށް ދަތުރުކުރި ބަޔެކެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *