އިނގިރޭސިވިލާތުން ރަޝިޔާގެ ޤައުމީ އެއަރލައިން ބޭރުކޮށް މާލީ ގުޅުންތައް ކަނޑާލައިފި

އިނގިރޭސިވިލާތުން ރަޝިޔާގެ ޤައުމީ އެއަރލައިން ބޭރުކޮށް މާލީ ގުޅުންތައް ކަނޑާލައިފި

ޝިޔާގެ ޤައުމީ އެއަރލައިން އިނގިރޭސިވިލާތުގައި އުދުހުން މަނާކޮށް ރަޝިޔާއާއެކު އޮންނަ މާލީ ގުޅުންތައް ކަނޑާލައިފިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ޔޫކްރެއިންނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އެ ކަމުގެ ރައްދެއްގެ ގޮތުން ރަޝިޔާއާ ދެކޮޅަށް މީގެ ކުރިން ނާޅާވަރުގެ ހަރުކަށި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާކަން އިޢުލާންކުރައްވައިފައެވެ.

އެ ގޮތުން ރަޝިޔާއާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހިންގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައް ކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުން ހިމެނެއެވެ. އަދި 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު އިނގިރޭސިވިލާތުން ހޯދުން މަނާކުރުންވެސް ޖޮންސަން އިޢުލާންކުރެއްވި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.

ޔޫކްރެއިންނާ ދެކޮޅަށް ރަޝީޔާއިން ޙަމަލާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ބެލަރޫސްސާ ދެކޮޅަށްވެސް އެފަދަ ފިޔަވަޅުތަކެއް އިނގިރޭސިވިލާތުންވަނީ އަޅައިފައެވެ. އަދި އިނގިރޭސިވިލާތުން އެޅިފަދަ ފިޔަވަޅުތަކެއް އެމެރިކާއާއި ވިލާތުގެ އިއްތިޙާދުންވެސް ރަޝިޔާއާ ދެކޮޅަށް އަޅާނެކަމަށް ޖޮންސަންވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވި ގޮތުގައި ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމަ ނިމޭނީ ރަޝިޔާ ބަލިވެގެންނެވެ.

ރަޝިޔާއިން ބުނެފައިވަނީ އެ ޤައުމާ ދެކޮޅަށް އަޅައި ދަތިކުރުމުގެ ފިޔަވަޅަކުން ލިބޭނެ ގެއްލުމެއް ނެތްކަމަށާއި އެފަދަ ފިޔަވަޅުތަކަކީ އައު ކަމެއް ނޫންކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *