ތޫނީސިޔާގެ ކޯޓުތަކާއި ފަނޑިޔާރުން ރައީސްގެ ބާރުގެ ދަށަށް

ތޫނީސިޔާގެ ކޯޓުތަކާއި ފަނޑިޔާރުން ރައީސްގެ ބާރުގެ ދަށަށް

ތޫނީސިޔާގެ ރައީސް ޤައީސް ސަޢީދުގެ ބާރުގެ ދަށަށް އެ ޤައުމުގެ ހުރިހާ ކޯޓުތަކާއި ފަނޑިޔާރުން ގެނެސްފިއެވެ،

ތޫނީސިޔާގެ ޢަދުލުއިންޞާފުގެ ދާޢިރާއަށް ފާއިތުވި ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ، އެ ގޮތުން އެ ޤައުމުގެ ކޯޓުތަކުގެ މިނިވަންކަން ޔަޤީންކޮށްދޭ ސުޕުރީމު ޖުޑީޝިއަލް ކޮމިޝަންވަނީ އުވާލައިފައެވެ. އަދި އޭގެ ފަހުން ޤައީސް ނެރުއްވި ޤަރާރުގެ ދަށުން އެ ޤައުމުގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރުމާއި ވަކިކުރުމާއި މަޤާމުގެ ކުރިއެރުން ދިނުމުގެ ބާރުވަނީ އޭނާގެ ދަށަށް ބަދަލުކުރައްވައިފައެވެ.

ތޫނީސިޔާގެ ރައީސްގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން ޤައީސްވަނީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުކަން ފުރުއްވައިފައެވެ. ފާއިތުވި ދުވަސްތަކުގައި ޤައީސްވަނީ އެ ޤައުމުގެ ޢަދުލުއިންޞާފުގެ ދާއިރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ފަނޑިޔާރުން ޢަމަލުކުރަނީ ސިޔާސީ ކުލަޖެހިގެންކަމަށް ޤައީސްވަނީ ތުޙްމަތުކުރައްވައިފައެވެ.

އެހެންކަމުން ތޫނީސިޔާއަށް ދިމާވެފައިވާ ފަސާދައާއި ޚިޔާނާތުގެ މައްސަލަތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގައި ފަސްޖެހިވަޑައިނުގަންނަވާނެކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތަކެއްގައި ޤައީސްވަނީ އެ ޤައުމުގެ ސަރުކާރު އުވާލައްވައިފައެވެ. އަދި އޭނާވަނީ ބޮޑުވަޒިރުގެ މަޤާމަށް އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތް ބޭފުޅަކު ޢައްޔަންކުރައްވައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *