އިންޑިއާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާއަށް ދާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

އިންޑިއާއަށް އެތެރެވާ ބޭރު ގައުމުތަކުގެ ރައްޔިތުން ގޭގައި ނުވަތަ ހޮޓަލުގައި ހަތް ދުވަހު ކަރަންޓީން ވާން ނުޖެހޭގޮތަށް އަނެއްކާވެސް ބަދަލު ގެނެސްފިއެވެ.

އެ އުސޫލުގައި އިތުރަށް ބުނެފައި ވަނީ މީގެ ކުރިން ވެސް އިންޑިއާއިން އަމަލު ކުރަމުން އައި އުސޫލާއި އެއްގޮތަށް މިހާރު ވެސް، 72 ގަޑިއިރުގެ ޕީސީއާރު ނައްސި ނަތީޖާއެއް ހުށަހެޅުމާ އެކު، ދަތުރު ކުރުމުގެ 14 ދުވަހުގެ ތެރޭގައި އެ މީހަކު ކުރި ދަތުރުތަކުގެ މައުލޫމާތުތައް “އެއާ ސުވިދާ” ޕޯޓަލްއަށް ހުށަހަޅަން ޖެހޭކަމަށެވެ.

އަދި ސެލްފް ޑިކްލަރޭޝަން ފޯމު ވެސް އެ ޕޯޓަލަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އިންޑިއާއަކީ ދެވަނައަށް އެންމެ ގިނައިން ކޮވިޑުގެ ފައްސި ވޭދަނަތައް ރިޕޯޓު ކުރާ ގައުމެވެ. މިވަގުތު ބަލި އެންމެ ބޮޑަށް ފެތުރެނީ މުމްބާއީއާއި ދިއްލީގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *