އޮލިމްޕިސްކް އިވެންޓަކީ ގައުމުތަކުގެ ސުލްހަ އާއި އެކުވެރިކަމަށް މުހިއްމު މުބާރާތެއް: ޝާހިދު

އޮލިމްޕިސްކް އިވެންޓަކީ ގައުމުތަކުގެ ސުލްހަ އާއި އެކުވެރިކަމަށް މުހިއްމު މުބާރާތެއް: ޝާހިދު

އޮލިމްޕިކްސްއަކީ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އިންސާނިއްޔަތުކަން އޭގެ އެންމެ މަތީފަންތީގައި ދައްކުވައިދޭ އެއް މުބާރާތްކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ދަންމަރު ހިއްޕަވައިގެން ދުވެވަޑައިގަތުމަށް ފަހު ވާހަދަފުޅުދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ވިންޓަ އޮލިމްޕިކް ގޭމްސްގެ ދަންމަރުގެ ރިލޭގައި ދުވެވަޑައިގަތުމުގެ ޝަރަފް ލިބިވަޑައިގަތުމަކީ، ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއްކަމަށާއި އޮލިމްޕިސްކް އިވެންޓަކީ އިންސާނިއްޔަތުކަމާއި ގައުމުތަކުގެ ސުލްހަ އާއި އެކުވެރިކަމަށް މުހިއްމު މުބާރާތެއްކަމަށެވެ.

ކުޅިވަރުގައި މޮޅުވުމާއި ބަލިވުމުން ކުޅިވަރުގައި އޮންނަކަމަށާއި އެންމެން އެކުގައި ރީތި ނަމުނާއެއް ދައްކާ، އޮލިމްޕިކްސް ދަންމަރުގެ ހުޅުކޮޅުން ވެސް ރަމްޒު ކޮށްދެނީ އެކަންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ޔުނައިޓެޑް ނޭޝަންސް އެންމެ ބޮޑު މަގްސަދަކީވެސް ހަގުރާމައިން ސަލާމަތްވެ، އެންމެ އެކުގައި ސުލްހަވެރިކަމާއެކީ އުޅުންކަމަށާއި އެންމެނަށް ވެސް ހަމަހަމަ އުސޫލުން ފުރުސަތު ތަނަވަސް ކޮށްދިނުމަކީވެސް މުހިންމުކަމެއްކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މިފަހަރުގެ ވިންޓަރ އޮލިމްޕިކްސްގައި 91 ޤައުމަކުން 3000 އެތުލީޓުން ބައިވެރިވެއެވެ.

ވިންޓަރ އޮލިންޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ އޮތް ނަމަވެސް މިމުބާރާތުގެ ކުޅިވަރުތައް ވަނީ މިދިޔަ ބުދަ ދުވަހު ފަށާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *