ކޮވިޑް-19ގެ ވެކްސިންގެ ހަމަހަމަކަން ޤާއިމްކުރުމަށް އދ ޢާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ޑަބްލިޔު.އެޗް.އޯގެ ވެރިޔާ ތާއީދު ކުރައްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ވެކްސިން ހަމަހަމަކޮށް ހުރިހާ ފަރާތްތަކަށް ލިބޭނެކަމަށް ކަށަވަރު ކުރުމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފެއްޓެވި ކެމްޕޭނަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި އެ ކެމްޕޭނުގައި ދުނިޔޭގެ ލީޑަރުންވެސް ބައިވެރިވުމަށް ގޮވާލައްވާފައިވެއެވެ.
އދގެ ޢާއްމު މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ދެއްވި ތަގުރީރުގައި ޝާހިދުވަނީ ކޮވިޑް-19ގެ ވެކްސިން ދުނިޔޭގެ އެންމެނަށް ހަމަހަމަ ގޮތެއްގައި ލިބިދިނުމަށް ގޮވާލައްވާފައެވެ.

