އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބަޙްރައިނަށް ވަޑައިގެންފި

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބަޙްރައިނަށް ވަޑައިގެންފި

އދގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު، ރަސްމީ ދަތުރުފުޅެއްގައި ބަޙްރައިނަށް ވަޑައިގެންފިއެވެ.

އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ.ޢަބްދުއްލަތީފް ބިން ރަޝީދު އަލްޒަޔާނީއާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން އދ.އާއި ބަޙްރައިންއާ ދެމެދު ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެގޮތުން ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމާއި، މޫސުމީ ބަދަލުތަކާގުޅޭ ދާއިރާތަކުން އެކުގައި މަސައްކަތްކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މަނާމާގައި ޤާއިމްކޮށްފައިވާ އދ.ގެ އޮފީސްތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ބަޙްރައިންގައި ހުންނަވާ އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ މުޙައްމަދު ޒަރްޤާނީ އާއެކު މަޝްވަރާކުރެއްވިއެވެ. ބަޙްރައިންގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް އަދި ސުޕްރީމް ކައުންސިލް ފޮރ އެންވާރަމަންޓްގެ ޗީފް އެގްޒެކެޓިވް ޑރ. މުޙައްމަދު ބިން މުބާރާކް ބިން ދާއިނާއާވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާއި، ކޮޕް 26ގެ ނިންމުންތަކާއި އަދި ކުދި ޖަޒީރާ ޤައުމުތަކުގެ ރައްކާތެރިކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *