ލާހޫރުގައި ވަރުގަދަ ބޮމުގެ ޙަމަލާއެއް، 3 މީހުން މަރުވެ 20 މީހުން ޒަޚަމުވެއްޖެ

ލާހޫރުގައި ވަރުގަދަ ބޮމުގެ ޙަމަލާއެއް، 3 މީހުން މަރުވެ 20 މީހުން ޒަޚަމުވެއްޖެ

ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށް ލާހޫރުގައި ވަރުގަދަ ބޮމުގެ ޙަމަލާއެއް ދީފިއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ ލާހޫރުގެ ބާޒާރެއްގައި ދިން ބޮމުގެ ޙަމަލާގައި ބޮން ހަރުކޮށްފައިވަނީ ފިހާރައެއްގެ ބޭރުގައި ހުރި ސައިކަލެއްގައިކަމަށެވެ. އެ ޙަމަލާގައި 3 މީހުން މަރުވެ 20 މީހުން ޒަޚަމުވެފައިވެއެވެ.

އެހަމަލާ ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޫޗިސްތާނުގައި ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. އަލަށް އުފައްދާފައިވާ އެ ޖަމާޢަތުން ބުނެފައިވަނީ އެ ޙަމަލާ ޢަމާޒުކޮށްފައިވަނީ އެ ސަރަޙައްދުގައި ހުރި ބޭންކަކަށްކަމަށެވެ.

ބަލޫޗިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުން ވަކިވެގަތުމަށް ހަނގުރާމަކުރާތާވަނީ އަހަރުތަކެއްވެފައެވެ. އެ ގޮތުން އެ ޖަމާޢަތްތަކުން ޢާއްމުކޮށް ޙަމަލާދެނީ ބަލޫޗިސްތާނާއި އީރާނާއި އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޗައިނާއިން ތަރައްޤީކުރާ ވިޔާފާރީގެ ވަޞީލަތްތަކަށާއި ޕާކިސްތާނުގެ ސަރުކާރުގެ އިމާރާތްތަކަށެވެ. އަދި ލާހޫރުފަދަ ރަށްތަކަށް ޙަމަލާ ދިނުމަކީ ޢާއްމުކަމެއް ނޫނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *