އިންޑިޔާއިން އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފައްދަނީ

އިންޑިޔާއިން އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފައްދަނީ

ކޮވިޑްގެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް އިންޑިޔާއިން ފަށައިފިއެވެ.

އިންޑިޔާގެ ޖެނޯވާ ބަޔޯފާމަސޫޓިކަލްސް ކުންފުނިން ބުނެފައިވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އިންސާނުން ބޭނުންކޮށްގެން ތަޙްލީލުތައް ކުރިޔަށްގެންދަން ތައްޔާރުވަމުންދާކަމަށެވެ. އަދި ތަޙްލީލުތައް ނިންމައި ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް އެ ވެކްސިން ތައްޔާރުކޮށް ނިންމާލެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދެއް އޮތްކަމަށްވެސް އެ ކުންފުނިންވަނީ ބުނެފައެވެ.

އެމެރިކާގެ ކުންފުންޏެއްކަމަށް ފައިޒާއިންވެސްވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައެވެ. މިހާރުވެސް ކޮވިޑް-19އަށް ވެކްސިންނެއް އުފައްދާފައިވާ ފައިޒާ ކުންފުނިން ބުނެފައިވަނީ އޮމިކްރޯނަށް ޚާއްޞަ ވެކްސިންނެއް މާރިޗު މަހުގެ ތެރޭގައި ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށް ނިންމާލެވޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *