24 ގަޑއިރުތެރޭ އިންޑިއާގެ 268،000އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ

24 ގަޑއިރުތެރޭ އިންޑިއާގެ 268،000އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިއްޖެ

24 ގަޑއިރު ތެރޭގައި އިންޑިއާގެ 268،000އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ބަލިޖެހިއްޖެއެވެ.

އިންޑިޔާގައި ކޮވިޑް-19އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް ހިންދޫންގެ ދީނީ އެއްވުންތައް ބާއްވަނިކޮށް އެ ޤައުމުގައި 1 ދުވަހުގެ ތެރޭގައި 268,833 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި ބަލިޖެހިގެން 402 މީހުންވަނީ މަރުވެފައެވެ. އޭގެ ކުރީ ދުވަހު ބަލިޖެހިގެން މަރުވެފައިވަނީ 315 މީހުންނެވެ. އެންމެ ފަހުން ޢާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދުވަނީ 36.84 މިލިޔަން މީހުންނަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 485,752އަށް އިތުރުވެފައެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރެކޯޑު ޢަދަދަކަށް ކޮންމެ ދުވަހަކުވެސް އިންޑިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދަނީ އެ ޤައުމުގައި ބަލީގެ ނުރައްކާތެރި އަދި ކޮވިޑްގެ އައު ވޭރިއެންޓް ކަމުގައިވާ އޮމިކްރޯން އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ހަލުވިކަމާއެކު ފެތުރެން ފެށުމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *