ނައިޖީރިއާގައި ޓްވިޓާ ބޭނުންކުރެވޭ ގޮތް ހަދައިފި

ނައިޖީރިއާގައި ޓްވިޓާ ބޭނުންކުރެވޭ ގޮތް ހަދައިފި

އެފްރިކާގެ ނައިޖީރިއާގައި ޓްވިޓާ ބްލޮކްކުރުމަށްފަހު އަނެއްކާވެސް ބޭނުންކުރެވޭގޮތް ހަދައިފިއެވެ. މިދިޔަ އަހަރުގެ ޖޫން މަހު ނައިޖީރިއާގައި ޓްވިޓާ ބްލޮކްކުރީ ރައީސް މުހައްމަދު ބުހާރީގެ އެކައުންޓް ޓްވިޓާއިން ބްލޮކްކުރި ފަހުންނެވެ.

ނައިޖީރިއާގައި ޓްވިޓާ އަލުން ބޭނުންކުރެވޭގޮތް ހަދާފައިވަނީ އެ ގައުމުގެ ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކަށް ޓްވިޓާ އިން އެއްބަސްވެފައިވާ ކަމަށް ބުނެއެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ޓްވިޓާގެ އޮފީހެއް ނައިޖީރިއާގައި ގާއިމުކުރުން ހިމެނެއެވެ.

ނައިޖީރިއާގައި ޓްވިޓާ ބްލޮކްކުރި ނަމަވެސް އެ ގައުމުގެ ރައްޔިތުން ވަނީ ވީޕީއެން މެދުވެރިކޮށް ޓްވިޓާ ބޭނުންކޮށްފައެވެ.

ޓްވިޓާ ބްލޮކްކުރުމުގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ހުއްޓުނުއިރު، އަލުން އެ އެޕްލިކޭޝަން ބޭނުންކުރެވޭނެ ގޮތް ހެދުމުން ގިނަ ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *