އެމެރިކާގެ މާކުން އުފެއްދި ކޮވިޑް-19ގެ ބޭސްގުޅަ އިންޑޮނޭޝިޔާއިން ބޭނުންކުރަނީ

އެމެރިކާގެ މާކުން އުފެއްދި ކޮވިޑް-19ގެ ބޭސްގުޅަ އިންޑޮނޭޝިޔާއިން ބޭނުންކުރަނީ

އެމެރިކާގެ ބޭސް އުފައްދާ ކުންފުނި މާކުން ބާޒަރަށް ނެރެފައިވާ ކޯވިޑް-19ގެ ބޭސްގުޅަ ބޭނުންކުރުމުގެ ޙުއްދަ އިންޑޮނޭޝިޔާއިން ދީފިއެވެ.

އިންޑޮނޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ މާކުން އުފެއްދި ކޯވިޑް-19ގެ ބޭސްގުޅަ އެ ޤައުމުގައި ބޭނުންކުރަނީ ކުއްލި ޙާލަތްތަކުގައިކަމަށެވެ. އެ ގޮތުން މާކުގެ 400،000 ބޭސް ގުޅަ އިންޑޮނޭޝިޔާއިން ހޯދާފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ.

މާކުން އުފައްދާފައިވާ ބޭސްގުޅަ ބޭނުންކުރުމުގެ ޙުއްދަ އިންޑޮނޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ދީފައިވަނީ އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެއާއެކު ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ނުވަތަ ބޫސްޓަރު ޑޯސް އިންޑޮނޭޝިޔާގައި ޖަހަންވަނީ ފަށައިފައެވެ.

ދުނިޔޭގައި ހަތަރުވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިޔާގައި 4.27 މިލިޔަން މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 144،000އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *