އެމެރިކާގައި 24 ގަޑިއިރު ތެރޭ 1.35 މިލިޔަން މީހުންނަށް ބަލިޖެހިއްޖެ

އެމެރިކާގައި 24 ގަޑިއިރު ތެރޭ 1.35 މިލިޔަން މީހުންނަށް ބަލިޖެހިއްޖެ

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 1.35 މިލިޔަން މީހުންނަށް ކޮވިޑް ޖެހިއްޖެއެވެ. މިއީ ދުނިޔޭގައި އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލިޖެހުނު ފަހަރެވެ.

ކޮވިޑްގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ އެމެރިކާގައި ހަލުވިކަމާއެކު ފެތުރެން ފަށާފައިވާއިރު ޖަނަވަރީ މަހުގެ 3ވަނަ ދުވަހު އެމެރިކާގައި ބަލިޖެހުނު މީހުންގެ ޢަދަދު ފުރަތަމަ ފަހަރަށް އެއް މިލިޔަނަށްވުރެ އިތުރުވިއެވެ. އޭގެ އިތުރުން އެމެރިކާގައި ދުވާލެއްގެ މައްޗަށް 1،700 މީހުން ބަލިމަޑުކަމުގައި މަރުވެއެވެ.

ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެމެރިކާގައި ބަލިޖެހޭ މީހުންގެ ޢަދަދުވަނީ ދެގުނައަށް އިތުރުވެފައެވެ. އެއާއެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ މީހުންވަނީ ބަލިޖެހިގެން ހަސްފަތާލުގައި އެންދުމަތިކޮށްފައެވެ. އެ ގޮތުން 136,604 މީހުންވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހަސްފަތާލުގައި އެންދުމަތިކޮށްފައެވެ. އެއާއެކު ހަސްފަތާލުތަކަށް ބާރުބޮޑުވެ ބަލިޖެހޭ މީހުންނަށް އެކަށީގެންވާ ފަރުވާއެއް ދިނުމުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހޭނެކަމުގެ އިންޒާރު ޞިއްޙީ ތަޖުރިބާކާރުންވަނީ ދީފައެވެ.

ދުނިޔޭގައި ކޯވިޑް-19ގެ ޙާލަތު އެންމެ ގޯސް ޤައުމަކީ އެމެރިކާއެވެ. އެ ޤައުމުގައި ޖުމުލަ 61.6 މިލިޔަން މީހުންނަށް ބަލިޖެހި 838،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *