ޕާކިސްތާނުގައި ސުނޯގައި ތާށިވި ފަތުރުވެރިންތަކެއް މަރުވެއްޖެ

ޕާކިސްތާނުގައި ސުނޯގައި ތާށިވި ފަތުރުވެރިންތަކެއް މަރުވެއްޖެ

ޕާކިސްތާނުގައި ސުނޯ ބޯވެ ކާރުތަކެއްގައި ތާށިވި 16 ފަތުރުވެރިން ގަދަ ފިނީގެ ސަބަބުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ އުތުރުގެ ސަރަޙައްދުތަކަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. އެ ގޮތުން އެއްގަމު އުޅަނދުތަކުގައި އެސަރަޙައްދަށް އެތައް ހާސް ފަތުރުވެރިންނެއް ކޮންމެ އަހަރަކުވެސް ޖަމާވެއެވެ. ނަމަވެސް މި އަހަރުގެ ފިނި މޫސުމުގައި އެ ސަރަޙައްދަށް އާދަޔާ ޚިލާފަށް ސުނޯވެހި ގިނަ އުޅަނދުތަކެއްވަނީ ތާށިވެފައެވެ.

ޕާކިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެފައިވަނީ ވެރިރަށް އިސްލާމުއާބާދާ 64 ކިލޯމީޓަރު ދުރުގައި އޮންނަ މުރީގައި 1،000އަށްވުރެ ގިނަ އުލަނދު ސުނޯގައި ތާށިވެފައިވާކަމަށެވެ. އަދި އެއީ ފާއިތުވި 20އަކަށް އަހަރުގެ ތެރޭގައި އެ ސަރަޙައްދުގައި އެފަދަ ޙާދިޘާއެއް ހިނގި ފުރަތަމަ ފަހަރުކަމަށާއި މުރީއަށް ދެވެން އޮންނަ މަގުތައް ބަންދުކުރުމަށްފަހު އެ ސަރަޙައްދަށް ޕާކިސްތާނުގެ ސިފައިން ފޮނުވާފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޫރީއަށް ސުނޯވެހޭ މަންޒަރު ބެލުމަށް 100،000 އުޅަނދުގައި މީހުން އެ ސަރަޙައްދަށް ޖަމާވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *