ސޫރިޔާގެ އިދުލީބަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފި

ސޫރިޔާގެ އިދުލީބަށް ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދީފި

ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އިދުލީބަށް ވަރުގަދަ ޙަމަލާތަކެއް ރަޝިޔާއިން ދީފިއެވެ.

ސޫރިޔާގެ އިދުލީބް އޮންނަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ. ސޫރިޔާގައި ކުރަމުންދާ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ރައީސް ބައްޝާރުލް އަސަދަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުންދާ ރަޝިޔާގެ އަސްކަރީ މަތިންދާބޯޓުތަކުންވަނީ އިދުލީބުގެ އެކި ސަރަޙައްދުތަކަށް ޙަމަލާދީފައެވެ. އެ ޙަމަލާތަކުގައި ގާތްގަނޑަކަށް މިލިޔަނެއްހާ މީހުން ދިރިއުޅޭ އިދުލީބުގެ ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފައެވެ. އެއާއެކު އެތައް ސަތޭކަހާސް ބަޔަކަށް ފެންފޯރުކޮށް ނުދެވި ޙާލުގައި ޖެހިފައިވާ މީހުންގެ ޙާލަތު އިތުރަށް ގޯސްވާނެކަމުގެ އިންޒާރު އދންވަނީ ދީފައެވެ.

އޭގެ އިތުރުން ސޫރިޔާގެ އިރުމަތީގެ ސަރަޙައްދުތަކުގައި ޙައްދުފަހަނައަޅާފައިވާ އައިއެސް ޖަމާޢަތުން ދިން ޙަމަލާއެއްގައި ސޫރިޔާގެ އަސްކަރިއްޔާއަށް ނިޞްބަތްވާ 5 ސިފައިން މަރުވެ 20 މީހުންވަނީ ޒަޚަމުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *