ތުރުކީގައި ކޮވިޑް19ގެ އައު ވޭރިއަންޓް އޮމިކްރޮންގެ ކޭސްތައް އިތުރުވެ ހާލަތު ގޯސްވާންފަށައިފިއެވެ.
އެގައުމުގެ ކޮވިޑް19 ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ހުކުރުދުވަހު އެކަނިވެސް 40،000އަށް ވުރެގިނަ މީހުން ފައްސިވެގެން ރިޕޯޓްކޮށްފައި ވާކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީއިން ހާމަކުރެއެވެ.މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ތުރުކީގައި ދުވާލެއްގެ މައްޗައް ކޮވިޑު19 އަށް ފައްސިވެގެން އެންމެ ގިން މީހުން ރިޕޯޓު ކޮށްފައި ވަނީ ވެސް ހުކުރުދުވަހުގައެވެ.
ތުރުކީގައި ހަލުވިކަމާއެކު އޮމިކްރޮން ވޭރިއަންޓް ފެތުރެމުންދާކަމުގެ އިންޒާރާއެކު މި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު އެކަމަށް ސަމާލުކަން ދޭންޖެހޭކަމަށް ތުރުކީގެ ހެލްތު މިނިސްޓަރު ފަހްރެތިން ވަނީ ވިދާޅުވެފައެވެ.
އަދި މީގެ އިތުރުން އާ އަހަރު ފާހަގަކުރުމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނެތްނަމަވެސް ފިޔަވަޅު އަޅާފައިވާ ކަންކަމަށް ބަލައިގެން އާ އަހަރު ފާހަގަ ކުރުކުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޓުވީޓުވެސް ކުރައްވާފައިވެއެވެ.
ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހަށް ބަލާއިރު ތުރުކީގައި ކޮވިޑް 19 ގެ ވޭދަނަތައް މިވަނީ ދެގުނަ އިތުރުވެފައެވެ.

