އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

އިންޑިއާގެ ޑިފެންސް ޗީފް ދަތުރު ކުރަމުން ދިޔަ ހެލިކޮޕްޓަރެއް ވެއްޓިއްޖެ

އިންޑިއާގެ ދިފާއީ ޗީފް ޖެނެރަލް ބިޕިން ރާވަތު ގޮވައިގެން ދަތުރުކުރި އައިއޭއެފް އެމްއައި-17ވީ5 ހެލިކޮޕްޓަރެއް ދެކުނުގެ ސްޓޭޓެއް ކަމަށްވާ ޓެމިލް ނާޑޫއަށް ވެއްޓިއްޖެކަމަށް ވައިގެ އަސްކަރިއްޔާއިން ބުނެފިއެވެ.

އައިއޭއެފް އެމްއައި-17ވީ5 ހެލިކޮޕްޓަރެއް ޓެމިލްނާޑޫގެ ކޫނޫރު ކައިރިން މިއަދު އެކްސިޑެންޓެއް ވެފައިވާކަމަށް އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ކުރި ޓްވީޓެއްގައި ވިދާޅުވިއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލުވުމަށް ވަނީ އެންކުއަރީއެއް ހަދަން ނިންމާފައެވެ.

އިންޑިއާގެ ފުރަތަމަ ޗީފް އޮފް ޑިފެންސް ސްޓާފް (ސީޑީއެސް)ގެ މަގާމަށް ރާވަތު އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ ފަހުކޮޅު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުންނެވެ. މި މަގާމަކީ އިންޑިއާގެ ތިން ހިދުމަތް ކަމަށްވާ އާމީ، ނޭވީ އަދި އެއާ ފޯސްގެ މަސައްކަތް އެއް އިދާރާއަކުން ވިލަރެސް ކުރުމުގެ މަގްސަދުގައި އުފެއްދި މަގާމެކެވެ.

ހެލިކޮޕްޓަރު ވެއްޓުނު ވަގުތު ރާވަތު ހެލިކޮޕްޓަރުގައި އިން ކަމަށާއި އޭނާއަށް ލިބުނު ގެއްލުން އަދި ޔަޤީން ނުވާ ކަމަށް ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅަކު ރޮއިޓާސްއަށް ވިދާޅުވިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *