ދިރާގުން އެ ކުންފުނީގެ އޭޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ހިލޭ ދިރާގު ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް ބަދަލު ކުރުމަށް ކުރިއައްގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ މުއްދަތު މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިފުރުސަތަކަި އެޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުވި ފައިބަރ ނެޓްވޯކާ ހިލޭ ގުޅައިލެވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އެގޮތުން މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބަރ ގުޅައިދިނުމުގެ އިތުރުން ފައިބަރ އަށް ބޭނުންވާ ޚާއްސަ ރައުޓަރ ނުވަތަ އޯ.އެން.ޓީ ވެސެ ހިލޭ ލިބިގެންދާނެއެވެ.
އޭޑީއެސްއެލް ކަސްޓަމަރުން ފައިބަރ އަށް އަޕްގްރޭޑް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ މައިއެކައުންޓްމެދުވެރިކޮށް ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

