ފަތުވެރިންނަށް މަރުހަބާ ކިޔުމަށް ތައިލެންޑުން ތައްޔާރުވަނީ

ފަތުވެރިންނަށް މަރުހަބާ ކިޔުމަށް ތައިލެންޑުން ތައްޔާރުވަނީ

ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައިލެންޑް ތައްޔާރުވާން ފަށައިފިއެވެ.

ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އެ ޤައުމު ހުޅުވާލުމަށް ނިންމާފައިވާއިރު ހޮޓެލްތަކާއި ކާބޯތަކެތި ވިއްކާ ފަރާތްތަކުން އަންނަނީ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

2019 ވަނަ އަހަރު އެ ގައުމަށް 40 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2021 ވަނަ އަހަރު ފުރަތަމަ 8 މަހު ޒިޔާރަތްކޮށްފައިވަނީ އެންމެ 73،000 ފަތުރުވެރިންނެވެ. މިއީ ފާއިތުވި 20 އަހަރާއި އަޅާބަލާއިރު އެންމެ މަދުން ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރި މުއްދަތެވެ.

ފަތުރުވެރިކަމުގެ ސިނާއަތް އަލުން އަނބުރާ ކޮޅަށް ޖެހުމަށްޓަކައި އެ ގައުމުގެ ކަމާއި ގުޅޭ އިދާރާތަކުން މަސައްކަތް ކުރަމުންދާއިރު ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑު ކޭހުގެ އަދަދު އަދިވެސް އުޅެނީ 10،000 ގައެވެ.

އަންނަ އަހަރުގެ މެދު ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވާނެ ކަމަށް އެ ގައުމުން ވަނީ ލަފާކޮށްފައެވެ. އެގޮތުން އަންނަ އަހަރުގެ މާރޗް މަހާއި ހަމައަށް މިލިއަނެއްހާ ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާއަތުން 30 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ނޮވެމްބަރުގެ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ކޮވިޑުގެ ނެގެޓިވް ނަތީޖާއާއެކު އެ ގައުމުގެ ކޮވިޑުގެ ކޭސްތައް މަދު 40 ސަރަހައްދަކަށް ދަތުރުކުރެވޭނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *