އިންޑިއާގެ އަސްކަރިއްޔާއިން ދުރުރާސްތާ މިސައިލެއް ޓެސްޓުކޮށްފި

އިންޑިއާގެ އަސްކަރިއްޔާއިން ދުރުރާސްތާ މިސައިލެއް ޓެސްޓުކޮށްފި

އިންޑިއާއިން އުފެއްދި އަގްނީ މަރުކާގެ ދުރުރާސްތާ ބަލިސްޓިކް މިސައިލެއް ކާމިޔާބުކަމާއިއެކު ޓެސްޓުކޮށްފިއެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ އަލަށް ތަޖުރިބާކުރި މިސައިލަކީ އަގްނީ-5 ނަމުން ނަންދީފައިވާ 5000 ކިލޯމީޓަރުގެ ދުރުރާސްތާ މިސައިލެއް ކަމަށެވެ. މި މިސައިލްގެ ޓެސްޓު ކާމިޔާބު ކަމަށް އިންޑިއާގެ އަސްކަރިއްޔާއިން ބުނެއެވެ.

މި މިސައިލަކީ ނިއުކްލިޔަރ ވޯރހެޑަކާއެކު އެއްބައްރުން އަނެއްބައްރަށް ދަތުރުކުރުމުގެ ގާބިލްކަން ލިބިފައިވާ މިސައިލެއް ކަމަށް އިންޑިއާ އަސްކަރިއްޔާއިން ބުނެއެވެ. މީގެ ކުރިން އިންޑިއާއިން ޓެސްޓު ކުރަމުން އަންނަނީ ކުރުރާސްތާ އަދި މެދުރާސްތާ މިސައިލްތަކެވެ. ދުރުރާސްތާ މިސައިލް އެގައުމުން ޓެސްޓު ކުރުމަކީ މަދުން ނޫނީ ނުކުރާ ކަމެކެވެ.

އިންޑިއާއަކީ މިސައިލް ޓެކްނޮލޮޖީ އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. މި ހަތް ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، އެމެރިކާ، ރަޝިއާ، ޗައިނާ، އުތުރުކޮރެއާ، ޕާކިސްތާން އަދި އީރާނެވެ.

އިންޑިއާއިން އަގްނީ-5 ޓެސްޓުކޮށްފައި މިވަނީ ވާދަވެރި ޗައިނާއިން, އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ހައިޕާ ސޮނިކް މިސައިލެއް ޓެސްޓު ކޮށްފައިވަނިކޮށެވެ. އެހެންކަމުން އިންޑިއާއިން މި މިސައިލް ޓެސްޓު ކޮށްފައިވަނީ އެގައުމުގެ މިސައިލް ޓެކްނޮލޮޖީގެ ކުޅަދާނަކަން ދައްކާލުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *