ބައިނަލްއަގުވާމީ ގާނޫނުތަކާ ޗައިނާއިން ތަކުރާރުކޮށް ޚިލާފުވަނީ

ބައިނަލްއަގުވާމީ ގާނޫނުތަކާ ޗައިނާއިން ތަކުރާރުކޮށް ޚިލާފުވަނީ

ބައިނަލްއަގުވާމީ ގާނޫނުތަކާ ޗައިނާ ތަކުރާރުކޮށް ޚިލާފުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޗައިނާއިން އިންސާނީ ހައްގުތަކަށާއި، އެގައުމުގެ އިގުތިސާދު ފުޅާކުރުމަށް ދުނިޔޭގެ ބައެއް ގައުމުތަކާއި ގުޅިގެން ގާނޫނާ ޚިލާފަށް އެތައް ނިންމުންތަކެއް އަންނަނީ ނިންމަމުންނެވެ.

މީގެ އިތުރުން ޗައިނާއިން އިންޓަރޕޯލްގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން 2015 ވަނަ އަހަރު ޗައިނާއިން 100ށްވުރެ ގިނަ އެގައުމުގެ މީހުން ހޯދުމަށް އިންޓަރޕޯލްގެ ރެޑް ނޯޓިސް ނެރުނުއިރު، 2016 ވަނަ އަހަރު 612 މީހުން ހޯދުމަށް ވަނީ ރެޑް ނޯޓިސް ނެރެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ވީގްރޫ މުސްލިމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވީގްރޫ މުސްލިމުން ހޯދުމަށް ޗައިނާއިން މަސައްކަތް ކުރަނީ އެ މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ފޮރުވުމުގެ ގޮތުންނެވެ.

މީގެ އިތުރުންވެސް ޗައިނާއިން އެގައުމުގެ ކޮރަޕްޝަނުގެ ވާހަކަތައް ހާމަކުރާ ނޫސްވެރިންނަށް ގައުމަށް ނޭރޭނެ ގޮތަށް ޑީޕޯޓްކޮށްލުމާއި، ނޫސްވެރިންނާއި މެދު ތަފާތު ކުރުން ގެންގުޅެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *