ސީރިޔާ ސިފައިން ދަތުރުކުރި ބަހެއް ގޮއްވާލައި 13 މީހުން މަރާލައިފި

ސީރިޔާ ސިފައިން ދަތުރުކުރި ބަހެއް ގޮއްވާލައި 13 މީހުން މަރާލައިފި

ސީރިއާގެ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް ދިން ހަމަލާއެއްގައި ސިފައިންގެ ތެރެއިން 13 މީހުން މަރުވެ އިތުރު 3 މީހަކު ޒަޚަމް ވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސިފައިން ގޮވައިގެން ދަތުރުކުރި ބަސް ގޮއްވާލައިފައި ވަނީ ވެރިރަށް ދިމިޝްގުގެ މެދުގައިވާ ބްރިޖެއްގެ މަތިން ދަތުރުކުރަމުން ދަނިކޮށެވެ. މިބަހުގައި ދެ ބޮން ހަރުކޮށްފައިވާ ކަމަށާއި، ބޮންތައް ގޮއްވާލައިފައިވަނީ ދުރުން ކޮންޓްރޯލް ކުރެވޭ އެއްޗެއް ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

ބަސް ގޮއްވާލިއިރު، އެ ސަރަހައްދުން ސީރިއާ ސިފައިންގެ އިންޖިނިއަރުން ވަނީ އެހެން ބޮމެއް ވެސް ހޯދާފައެވެ.

މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން ނަގާފައިނުވެއެވެ. ސަރުކާރުން ބުނީ މިއީ ސިފައިންނަށް އަމާޒުކޮށްދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައިވެސް ސީރިއާ ސިފައިންގެ ބަހަކަށް ވަނީ ބޮމުގެ ހަމަލާއެއް ދީފައެވެ. އެހަމަލާގައި އެކަކު މަރުވެ ތިން މީހުން ވަނީ ޒަޚަމްވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *