ކޮންގޯގެ އިރުމަތީ ސަރަހައްދަކުން އެބޯލާގެ އިތުރު ކޭސްތަކެއް އަނެއްކާ ވެސް ފެނިއްޖެއެވެ.
ޑަބްލިއު.އެޗް.އޯއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 10 ދުވަސްތެރޭގައި ކޮންގޯއިން މި ބައްޔަށް ފައްސިވި 5 މީހުން ވަނީ ފެނިފައެވެ.
ސިއްހީ މާހިރުން ލަފާކުރާ ގޮތުގައި މި ކޭސްތައް ފެނިފައިވަނީ 2018-2020ގެ އައުޓްބްރޭކާއި ގުޅިގެން ކަމަށެވެ. އޭރު މި ބަލީގައި 2200 މީހުން މަރުވެފައިވާއިރު، 1100 މީހުންނަށް ބަލީގައި ބޮޑުވަރު ވިއެވެ.
އެބޯލާއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި މޖެހިއްޖެނަމަ، ބަލީގައި މަރުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މި ބައްޔަށް މިހާރު 2 ވެކްސިނެއް އީޖާދުކޮށްފައިވާއިރު، ބަލީގެ ކޮންޓެކްޓުންނަށް ވެކްސިން އަންނަނީ ދެމުންނެވެ.

