ބިލް ކުލިންޓަނަށް އައިސީޔޫގައި ފަރުވާދެނީ

ބިލް ކުލިންޓަނަށް އައިސީޔޫގައި ފަރުވާދެނީ

އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަނަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. އޭނާގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި ކުލިންޓަނަށް ފަރުވާދެނީ ޔުނިވާސިޓީ އޮފް ކެލިފޯނިޔާގެ އާވިން މެޑިކަލް ސެންޓަރުންނެވެ. ނަމަވެސް ފަރުވާގެ އިތުރު ތަފްޞީލެއް ނުދެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަސްފަތާލުން ކުލިންޓަން ހޯއްދަވައި ފަރުވާއާއި ކޯވިޑް-19އާ ގުޅުމެއް ނެތެވެ. އަދި އޭނާ ފަރުވާ ހޯއްދަވަނީ އައިސީޔޫއިންކަމަށް އެނގިފައިވެއެވެ. ނަމަވެސް އެއީ އޭނާގެ ޙާލުކޮޅަށްވުރެ ބޮޑަށް އެކަހެރިކޮށް އޭނާއަށް ފަރުވާދިނުމުގެ ބޭނުމުގައިކަމަށް ބެލެވެއެވެ.

ޢުމުރުފުޅުން 75 އަހަރުގެ ކުލިންޓަން އެމެރިކާގެ ރައީސްކަން ކުރެއްވީ 1993ވަނަ އަހަރުން 2001ވަނަ އަހަރަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *