ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

ރާއްޖެ ބަލިކޮށް އިންޑިއާ ފައިނަލަށް

"އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021″ ގައި ބުދަ ދުވަހުގެރޭ ރާއްޖެ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ އިންޑިއާއިން ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން އިންޑިއާ މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޑިއާއިންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަންވީރު ސިންހެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ރާއްޖޭން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ އޭރިއާ ތެރެއިން ރާއްޖޭގެ ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

އެކަމަކު މެޗުގެ 62 ވަނަ މިނެޓުގައި ޗެތުރީ ވަނީ ލަނޑެއް ޖަހައި، އިންޑިއާއަށް އަލުން ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަތް މިނެޓު ފަހުން އޭރިއާ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ޗެތުރީ ވަނީ ލަނޑެއް ޖަހައި، އިންޑިއާގެ ލީޑު ފުޅާކޮށްދީފައެވެ.

މި މުބާރާތުގެ ފައިނަލަށް އިންޑިއާ ދަތުރުކުރިއިރު، ފައިނަލުގައި އިންޑިއާ ބައްދަލުކުރަން ޖެހޭނީ ނޭޕާލެވެ. ނޭޕާލުން ފައިނަލުގެ ޖާގައެއް ހޯދީ ބުދަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ބަންގްލަދޭޝްއާ އެއްވަރުކޮށްގެންނެވެ. އެއާއެކު މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީޚުގައި ނޭޕާލް ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *