ލަންކާ މެޗް ފަސޭހަ ނުކުރާނަން، ފައިނަލަށް ދާން ބޭނުން : ސުޒޭން

ލަންކާ މެޗް ފަސޭހަ ނުކުރާނަން، ފައިނަލަށް ދާން ބޭނުން : ސުޒޭން

އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ޕޮއިންޓް ތާވަލަށް ބަލާއިރު ޤައުމީ ޓީމު ލަންކާއާ ދެކޮޅަށް ކުޅޭ މެޗް ފަސޭހަނުވާނެކަމަށް ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނެފިއެވެ. މިމުބާރާތުގައި މިހާތަނަށް ރާއްޖެއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުރަތަމަ މެޗްގައި ނޭޕާލް އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗްގައިވަނީ ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ. މިމުބާރާތުގައި ރާއްޖެއަށް ފައިނަލަށް ދިއުމުގެ ފުރުސަތުވަނީ ހުޅުވިފައެވެ. ފައިނަލަށް ދިއުމަށް ލަންކާ އަތުން 3 ޕޮއިންޓް ހޯދުން ރާއްޖެއަށް ވަރަށް މުހިންމުއެވެ.

ގައުމީ ޓީމުގެ ކޯޗު ޢަލީ ސުޒޭން ބުނީ މެޗަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށާއި ބަންގްލަދޭޝް މެޗަށްފަހު އެންމެ ބޮޑަށް ވިސްނާފައިވަނީ ޓީމުގެ ރިކަވަރީއަށްކަމަށެވެ. ބަންގްލަދޭޝް މެޗުން ލިބުނު 3 ޕޮއިންޓާއެކު ޓީމުގެ މޯޓިވޭޝަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ސުޒޭން ބުންޏެވެ. މިހާތަނަށް ރާއްޖެއިން މިމުބާރަތުގައި ދެ މެޗް ކުޅެފައިވާއިރު، ދެ މެޗްވެސް ކުޅެފައިވަނީ ރޭގަނޑުއެވެ. ސުޒޭންބުނީ ލަންކާއާއި ވާދަކުރާ މެޗް ހަވީރު ކުޅޭތީ ޓީމަށް ބަދަލްތަކެއް އަންނާނެކަމަށެވެ. ލަންކާއަތުން މޮޅުވެގެން ރާއްޖެއަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތްއިރު، ގައުމީ ކޯޗް ސުޒޭންބުނީ މާ ދުރަށް ވިސްނުމުގެ ބަދަލުގައި މެޗަކަށް ފަހު މެޗަކަށް ވިސްނުން މާ މުހިންމުކަމަށެވެ. އަދި މަދާމަ ހަވީރު ލަންކާއާއި ވާދަކުރާ މެޗް އެއްވެސް ވަރަކަށް ފަސޭހަކޮށްނުލާ ރާއްޖެއިން ނިކުންނާނީ މެޗުން މޮޅުވާންކަމަށް ވެސް ސުޒޭން ބުންޏެވެ.

ގައުމީ ކޯޗް ސުޒޭންވަނީ އެންމެ ފަހުން ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރި މެޗުގައި ސަޕޯޓަރުން ދިން ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އަދި ކުރިއަށް އޮތް ލަންކާ މެޗްގައި ވެސް ހަމައެގޮތަށް ސަޕޯޓްކޮށްދިނުމަށް އެދިފައެވެ. އަދި މާދަމާގެ މެޗަށް ދަނޑަށް ވަންނަން ބޭނުންވާ އެންމެންނަށް ދަނޑަށް ނުވަދެވުނަސް، އެންމެވެސް ޓީމުގެ ފަހަތުގައި ތިބުމަށް ސުޒޭންވަނީ އެދިފައެވެ. އަދި ގައުމީ ޓީމުން ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެކަމަށްވެސް ސުޒޭން ބުންޏެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއާއި ލަންކާ ވާދަކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4 ޖަހާއިރުއެވެ. މިމެޗް ޕީއެސްއެމްގެ ޔެސް ޓީވީއިން ވަގުތުން ގެނެސްދޭނެއެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *