ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫސިޓީ ހިތަދޫ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ލިންކު ރޯޑްއިން ސީއެފްސީ ޕެޓްރޯލް ޝެޑް ކުރިމަތީ، މިއަދު ހަވީރު 04:10 ހާއިރު ދެސައިކަލެއް ޖެހިގެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވެއެވެ. މިހާދިސާއާ ގުޅިގެން ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

އަދި އެކްސިޑެންޓްގައި އަނިޔާވި މީހުން ވަނީ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިއަދު އެކްސިޑެންޓް ހިނގި ސަރަހައްދަކީ މީގެ ކުރިންވެސް ގިނަ އެކްސިޑެންޓްތައް ހިނގާފައިވާ ސަރަަހައްދެއްކަން ފާހަގަކޮށްލެވެއެެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *