ކަސްޓަމްސްގެ ޖޫން މަހު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެ

ކަސްޓަމްސްގެ ޖޫން މަހު އާމްދަނީ 59 އިންސައްތަ އިތުރުވެއްޖެ

ފާއިތުވި ޖޫން މަހު ކަސްޓަމްސްއިން ދައުލަތަށް ލިބިފައިވާ އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 59 އިންސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2020 ވަނަ އަހަރުގެ ޖޫންމަހު 156 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރުގެ ޖޫން މަހު މިއަދަދުވަނީ 247 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމު ތަކަކީ އޮމާން، ޗައިނާ އަދި ސިންގަޕޫރެވެ.

އޮމާން އިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެ ކޮށްފައިވާއިރު ޗައިނާއިން 391 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯރ އިން 354 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ރާއްޖެއަށް އެތެރެ ކޮށްފައިއެވެ.

މީގެ އިތުރުން ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ސީއައިއެފް އަގުވެސް މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު ވަނީ 44 ޕަސަންޓު ކުރިއަރާފައެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު މިއަހަރުގެ ޖޫން މަހު މި އަދަދު ވަނީ ތިން މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *