ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ރާއްޖެއިން ކޮވިޑް ބަލީގައި ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ. އެގޮތުން މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފައިވަނީ ދިވެހި ފިރިހެނެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 218 އަށް އަރައިފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ އަހަރުގެ މާޗް މަސް ތެރޭގައެވެ. އެއަށްފަހު މިހާތަނަށް ރާއްޖެއިން ވަނީ ޖުމްލަ 76،188 ކޭސް ފެނިފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖެގައި ހުރީ 2،619 ކޭސްއެވެ. ބައްޔަށް ފަރުވާ ދިނުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ އަށް މީހުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *