ކޮވިޑްޖެހިގެން އާޖެންޓީނާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފި

ކޮވިޑްޖެހިގެން އާޖެންޓީނާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފި

ކޮވިޑް ބަލީގައި އާޖެންޓީނާއިން މަރުވި މީހުންގެ އަދަދު އެއްލައްކައަށް އަރައިފިއެވެ.

އާޖެންޓީނާގައި ކޮވިޑްގެ ހާލަތު ގޯސްވުމުގެ ސަބަބުން އެގައުމުގެ ސިއްހީ ނިޒާމްވެސް އަންނަނީ ގޯސްވަމުންނެވެ. އެގޮތުން ބުދަ ދުވަހު އާޖެންޓީނާގެ މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި 614 މީހުން ކޮވިޑް ބަލީގައި މަރުވެފައިވާއިރު، އެގައުމުން މިހާތަނަށް 4.7 މިލިއަން މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އެގައުމުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 100،250 އަށް ވަނީ އަރާފައެވެ.

ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރޭގައި އެންމެ ހާލަތު ގޯސްވެފައިވާ ގައުމުތަކުގެ ތެރޭގައި އާޖެންޓީނާ ހިމެނެއެވެ. ނަމަވެސް މިހާރު އެގައުމުން ކޮވިޑަަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ.

އެގައުމުގައި ކޭސްތައް އަނެއްކާވެސް އިތުރުވަމުންދާކަމަށް ޕޭން އެމެރިކަން ހެލްތް އޯގަނައިޒޭޝަން (ޕީއޭއެޗްއޯ) އިންވެސް ވަނީ ބުނެފައެވެ. ހާލަތު ގޯސްވެދާނެ ކަމުގެ ބިރު ހީވެ، އާޖެންޓީނާގެ ސަރުކާރުން ވަނީ ކޮވިޑާއި ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގައުމުގެ ރައީސް އަލްބާޓޯ ފެނާންޑެޒް ވިދާޅުވީ ގައުމުގެ ހުރިހާ އެންމެންނަށް ވެކްސިން ޖަހަމުން ގެންދާނެ ކަމަށެވެ. ވެކްސިން ޕްރޮގްރާމް ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ގައުމުގެ 20.6 މިލިއަން މީހުން ވަނީ ވެކްސިންގެ ފުރަަތަމަ ޑޯޒް ޖަހާފައެވެ. އަދި އޭގެ ތެރެއިން 5.1 މިލިއަން މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހައި ވެކްްސިން ފުރިހަމަ ކޮށްފައެވެ. މިހާތަނަށް ބަލާއިރު ގައުމުގެ އާބާދީގެ 45 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *