އެސްޓީއޯއިން ތެލުގެ އަގުބޮޑުކޮށްފި

އެސްޓީއޯއިން ތެލުގެ އަގުބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފިއެވެ.

އެސްޓީއޯއިން ބުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެކުންފުނިން ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި މިއަދުން ފެށިގެން އެކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ކަމަށްވާ، ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިބަދަލާއެކު އެސްޓީއޯއިން މިހާރު ޑީސަލް ލީޓަރެއްގެ އަގު 10.95ރ އަށް ބަދަލުކޮށްފައިވާއިރު، ޕެޓްރޯލް ލީޓަރެއް ވިއްކާނީ 10.72ރ އަށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. އެއާއެކު ޑީސަލް ލީޓަރަކުން 0.23 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.98 ލާރި އެސްޓީއޯއިންވަނީ ބޮޑުކޮށްފައެވެ.

އެންމެ ފަހުން އެސްޓީއޯއިން ޑީސަލް ލީޓަރެއްގެ ވިއްކާފައިވަނީ 10.72ރ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާފައިވަނީ 9.74ރ. އަށެވެ.

ކޮވިޑް-19 ބަލިމަޑު ކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް ދަށްވުމަށްފަހު މިހާރު ވަނީ ބަލިމަޑުކަން ފެށުމުގެ ކުރިން ހުރި ވަރަށް އަގު އުފުލިފަ އެވެ.

އެންމެ ފަހުން އެސްޓީއޯއިން ތެލުގެ އަގު ބޮޑު ކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ ކުރިން މިއަހަރުގެ ފެބްރުއަރީ މަހުގައި ވެސް އެސްޓީއޯ އިން ވަނީ ތެލުގެ އަގުބޮޑުކޮށްފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *