ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ޗައިނާގެ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގައި ދިން ހަމަލާއެއްގައި ޗައިނާގެ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުގައި ދެކުނުގެ ސަރަހައްދެއްގައި ބަހަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި 13 މީހަކު މަރުވެއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އެހަމަލާގައި މަރުވިމީހުންގެ ތެރޭގައި ޗައިނާގެ ހަތް މީހުން ހިމެނޭކަމަށާއި، ޕާކިސްތާނުގެ ސިފައިންގެ ދެމީހެއް ހިމެނޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިހަމަލާ ދީފައިވަނީ ކިހިނެއް ކަމެއް އަދި އެނގިފައި ނުވާއިރު މިގޮވުމުގެ ސަބަބުން ޗައިނާގެ އިންހިނިއަރަކާއި ސިފައިންގެ މީހަކު ގެއްލިގެން ހޯދާކަމުގެ މައުލޫމާތުވެސް ލިބެއެވެ. މިހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ހަޒާރާ ރީޖަންގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރު މައުލޫމާދު ދީފައިވާގޮތުގައި ބަހުގައި ޗައިނާގެ 30 އިންޖިނިއަރަކު ދަތުރު ކުރަމުން ދިޔަ ކަމަށާއި، އެމީހުން ދަތުރުކުރަމުންދިޔައީ އަަޕާ ކޮހިސްތާނުގެ ޑަސޫ ޑާމް ސައިޓަށް ދިއުމަށް ކަމަށެވެ. ޑަސޫ ޑާމް ސައިޓަކީ ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓް ޗައިނާ އާއި ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)ގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން 65 ބިލިއަން ޑޮލަރު ހަރަދުކޮށް ޗައިނާ އާއި ޕާކިސްތާނުގެ ޖެޓީއެއް ގުޅުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ޗައިނާއިން ވަނީ ޕާކިސްތާނުގެ ބަސް ގޮއްވާލި ހާދިސާ ވަރަށް ބޮޑަށް ކުށްވެރި ކޮށްފައެވެ. ޗައިނާއިން އެދިފައިވަނީ ޕާކިސްތާނުގައި ތިބި ޗައިނާގެ މީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ފޮރިން މިނިސްޓްރީއިން މަސައްކަތް ކުރުމަށެވެ.

ރެސްކިއު އޮޕަރޭޝަން މިހާރު ކުރިޔަށް ގެންދާއިރު، ހާދިސާގައި މަރުވި މީހުންގެ އަދަދު މިހާރަށް ވުރެ އިތުރުވެދާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *