އެއްވެސް ވިޔަފާރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައެއް ނުދެން: މިނިސްޓްރީ

އެއްވެސް ވިޔަފާރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދައެއް ނުދެން: މިނިސްޓްރީ

އެއްވެސް ވިޔަފާރިއަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ނުދޭ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ރޯދަމަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ، ހަވީރު 5:30 އިން މެންދަމު 3:00 އަށް ކަމަށެވެ.

މީގެ އިތުރުން ރޯދަ މަހާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މުއްދަތުގެ ތެރޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ އެއްވެސް ފަރާތަކަށް ދޫކޮށްފައިނުވާނެ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *