މާލޭގައި ހުންނަ އެފްއެސްއެމްގެ ޕެޓްރޯލް ޝެޑްތަކުން ޙިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. ރޯދަމަހަށް ގެނައި މި ބަދަލާއެކު ޕެޓްރޯލް ޝެޑްތަކުން ޚިދުމަތް ދެމުންދާނީ ހެނދުނު 10:00 އަކުން ހަވީރު 5:00 އަށް އަދި ރޭގަނޑު 8:30 އިން ދަންވަރު 12:00 އަށެވެ.
ހުކުރު ދުވަސްތަކުގައި ޕެޑްރޯލް ޝެޑްތަކުން ޙިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:00 އިން 5:00 އަކަށް އަދި ރޭގަނޑު 8:30 އިން، ދަންވަރު 12:00އަށެވެ.
މާލޭގެ ހަތަރު ސަރަޙައްދެއްގައި އެފްއެސްއެމް ޕެޓްރޯލް ޝެޑުތައް ހުންނައިރު އެތަންތަން ހުންނަނީ އައިޖީއެމްއެޗް ކައިރީގައާއި، އިންޑަސްޓްރިއަލް ވިލެޖުގައާއި، ކާނިވާ ސަރަޙައްދުގައި އަދި ސްޓެލްކޯ ކައިރީގައެވެ.

