ވަޅޯ މަހެއް 100ރ. އަށް ރޯމަސް ކިލޯއެއް 65ރ. އަށް

ވަޅޯ މަހެއް 100ރ. އަށް ރޯމަސް ކިލޯއެއް 65ރ. އަށް

 ވަޅޯ މަހެއްގެ އަގު 100ރ. އަށް އަދި ރޯމަސް ކިލޯއެއްގެ އަގު 65ރ. އަށް މައްޗަށް ޖެހިލައިފި އެވެ.

ބާޒާރުގައި މަހުގެ އަގު މިހާރު ހުރީ މީގެ ދެ ދުވަހާ އަޅާ ބަލާނަމަ ގާތްގަނޑަކަށް 15ރ. ގެ ތަފާތުން ބޮޑުވެފައެވެ. އިއްޔެއާ ހަމަޔަށްވެސް ރޯމަސް ކިލޯއެއް 45ރ. ވަރަށް ލިބުނެވެ. ނަމަވެސް މިހާރު ލިބެނީ 65ރ. އިން މަތީގެ އަގު ތަކެއްގަ އެވެ.

މާލެ މަސް މާރުކޭޓުގައި މިއަދު  ހުރީ މީގެ ދެ ދުވަހެއް ކުރިން ގެނެސް އައިސް އަޅާފައި ހުރި މަހެވެ. ތާޒާ މަސް މަދުކަން ފާހަގަ ވާއިރު  ކަންނެލީގެ އަގު ހުރީ 50ރ. ވަރަށެވެ. އަދި ކަޅު ބިލަމަސް ކިލޯއެއް ހުރީ 65ރ. އަށެވެ.

އަދި އެހެން ބާވަތްތަކުގެ އަގަށް ބަލާއިރު ކުޑަ މާނިޔަ މަހެއް 100ރ. އަށް އަދި ރަތް މަހެއް 200ރ. އާއި 500ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. އަދި ގިނި މަހެއް 20ރ. އަށް ލިބެ އެވެ. މީގެ އިތުރުން ތިން މުށިމަސް 20ރ. އަށް ލިބެ އެވެ.

މަސްވެރިން ބުނާ ގޮތުގައި ރޯދަ މަހުގެ ފުރަތަމަ 10 ދުވަހު މަހުގެ އަގު މަތިވާނެ ކަމަށް ބެލެވެ އެވެ. ހާއްސަކޮށް ކަނޑު މަހުގެ އަގު މަތިވުން ގާތެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *