ފްރާންސްގައި ރޮބޮޓް ކުއްތާ އަސްކަރީ ތަމްރީން ހަދަނީ

ފްރާންސްގައި ރޮބޮޓް ކުއްތާ އަސްކަރީ ތަމްރީން ހަދަނީ

ރޮބޮޓް ކުއްތާގެ ބޭނުންތެރިކަން ބޮޑުވެ އަސްކަރިއްޔާއިން ޖާގަ ހޯދައިފި އެވެ. ބޮސްޓަން ޑައިނަމިކްސްގެ ބިރުކުޑަ ރޮބޮޓް ކުއްޓާ މިދާކަށް ދުވަހު ހަވާއީގެ ގޮނޑުދޮށުން ވެސް ވަނީ ފެނިފަ އެެވެ. އޮޅުކޮށްގެން ގެންގުޅޭ ބޮހާއެކު މަގުހިނގާލަން ނިކުމެ އުޅެނިކޮށް ވަނީ ކެމެރާތަކަށް އަރާފަ އެވެ.

ރޮބޮޓް ކުއްތާއަށް ލޯބިން ކިޔަނީ ސްޕޮޓް އެވެ. އެކަމަކު އަސްކަރިއްޔާގައި އަދާކުރާ ވަޒީފާއާ ގުޅިގެން އެސޮރަށް އަދި ނަމެއް ކިޔާކަމެއް ނޭނގެ އެވެ. ނޫސްތަކުގެ ފަލަ ސުރުޚިން މިހާރު ފެންނަނީ ފްރާސް އަސްކަރިއްޔާގައި، ސްޕޮޓް އަސްކަރީ ތަމްރީން ހަދާވާހަކަ އެވެ.

ބޮސްޓަން ޑައިނަމިކްސްއިން ސިނާއީ ބޭނުންތަކަށް ސްޕޮޓް އާންމުކޮށް ވިއްކަން ފަށާފައި ވާއިރު އެބަޔަކު އެދޭ ގޮތަކަށް ޕްރޮގްރާމްކޮށްދެ އެވެ. އެއީ އިންސާނުންނަށް ކުރަން ދަތި މަސައްކަތެއް ނަމަ ރޮބޮޓް ކުއްތާއަށް އެކުޅަދާނަކަމެއް ލިއްބައިދެ އެވެ.

ފްރާންސްގެ އަސްކަރިއްޔާގައި ރޮބޮޓް ކުއްތާ ތަމްރީންހަދާ ވާހަކައާ ގުޅިންގެން، ހަނގުރާމައިގެ މައިދާންތަކުގައި ރޮބޮޓް ބޭނުންކުރުމާ މެދު އެބަ ވިސްނަ އެވެ. ލޭންޑްމައިން އަދި ނުރައްކާތެރި ކެމިކަލްތަކުން ހަމަލާބަދަލުކުރެވޭ މައިދާންތަކުގައި ސްޕޮޓް ކަހަލަ ރީތި ރޮބޮޓްތައް މާކުޅަދާނަ ވާނެ ކަމަށް ވެސް ބުނެވެ އެވެ.

މިލިޓަރީގައި ރޮބޮޓް ކުއްތާއަށް ކުރަން އެނގޭ ބައިވަރު މަސައްކަތް އެބަހުއްޓެވެ. ހަނގުރާމައިގެ މައިދާންތަކުގައި ފޯރިމެރުމާއި ހަތިޔާރު ބެލެހެއްޓުން ވެސް ހިމެނެ އެވެ. އަދި ޑްރަގުން ވަސްބަލާ ކުއްތާއެއްގެ ވަޒީފާ ވެސް އެބަ އޮތެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *