އެސްޓީއޯ ގެ މައި ޢިމާރާތް

ރޯދައަށް އެސްޓީއޯޢިން ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮކޮށްފި

ރޯދައަށް އެސްޓީއޯޢިން ފިޔާ، އަލުވި، ބިހުގެ އަގު ހެޔޮކޮށްފި

ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ވިއްކާ ފިޔާ، ބިސް އަދި އަލުވީގެ އަގު ހެޔޮކޮށްފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ފިޔާ ކިލޯއެއް 9.50 ރުފިޔާ އަށް، ވަކިން ބިސް ގަންނަ ނަމަ ބިހެއް 1.40 ރުފިޔާ އަށް އަދި އަލުވި ކިލޯއެއް ނުވަ ރުފިޔާ އަށް ހެޔޮކޮށްފައިވާ ކަމަށެވެ

ބިސް ކޭހެއް އެސްޓީއޯ އިން ވިއްކަނި 265 ރުފިޔާ އަށެވެ. އަލުވި ބަސްތާއެއްގެ އަގު އުޅެނީ 185 ރުފިޔާ އަށެވެ. ފިޔާ ބަސްތާއެއްގެ އަގު އުޅެނީ 200 ރުފިޔާ އަށެވެ.

އެސްޓީއޯ އިން ބުނީ ހޯލްސޭލް އަދި ރީޓެއިލްކޮށް ވެސް ފިޔާ، ބިސް އަދި އަލުވި ލިބޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި ހެޔޮ އަގެއްގައި ވިއްކައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *