ވިޔަފާރީގައި ފައިސާގެ މުޢާމަލާތްތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ނިންމައިފި

ވިޔަފާރީގައި ފައިސާގެ މުޢާމަލާތްތައް ކުރަން ޖެހޭނީ ރުފިޔާއިންކަމަށް ނިންމައިފި

ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއް ވެސް ކުރަންޖެހޭނީ ދިވެހި ރުފިޔާއިން ކަމަށްއެމްއެމްއޭ އިން ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ބޭރު ފައިސާގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަށް މިއީ ކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރު އުފެދި ޑޮލަރުގެ ރޭޓްތައް އުފުލިގެން ދިޔުން ހުއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަން ފާހަގަކޮށް ގަވަރުނަރު ވިދާޅުވީ ޕޭމަންޓް ސިސްޓަމާއެކު މިކަންތައްތައް ތަންފީޒްވެގެންދާނެ ކަމަށެވެ. ގަވަރުނަރު އިތުރަށް ވިދާޅުވީ އިޤްތިސާދީގޮތުން ކުރާ އަސަރުތައް ކުޑަކުރުމަށްކަމަށްޓަކައި އެމްއެމްއޭ އިން މިފަދަ ކަންކަން ކުރަމުންގެންދާނީ މަޑުމަޑުން ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *