ހަމީހަކު މަރުވުމުން ޖޯޑަންގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ހަމީހަކު މަރުވުމުން ޖޯޑަންގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ ހަމީހަކު މަރުވުމުން ޖޯޑަންގެ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވައިފިއެވެ.

ކޮވިޑް ޖެހިގެން ޖޯޑަންގެ ހޮސްޕިޓަލެއްގެ ވޯޑެއްގައި ފަރުވާދެމުންދިޔަ ހަމީހަކު މަރުވެފައިވަނީ އޮކްސިޖަން ހުސްވެގެންކަން ހާމަވުމާއެކު އެގައުމުގެ ބޮޑުވަޒީރު ބިޝާރް އަލް ކަސާވަނާ ވަނީ ހެލްތު މިނިސްޓަރު ނާތިރް އުބައިދަތު އިސްތިއުފާދެއްވުމަށް އެދިވަޑައިގެންފައެވެ.

ހޮސްޕިޓަލުގައި ހިނގި ހާދިސާ ތަހުގީގު ކުރަމުން އަންނައިރު ބަލިމީހުންގެ އާއިލާތަކުން ހޮސްޕިޓަލު ސަރަހައްދަށް އެއްވެ ވަނީ އަޑު އުފުލާފައެވެ.

ސަރުކާރުން ހިންގާ އެ ހޮސްޕިޓަލުގެ އެހެން ވޯޑުތަކުންވެސް އޮކްސިޖަން ލިބުން މެދުކެނޑި އެއްގަޑިއިރު ހޭދަވިކަމަށް އޮފިޝަލުން ބުނެއެވެ.

ޖޯޑަންގެ ރަސްގެފާނު އަބްދުﷲ ދެވަނަ ވެސް ވަނީ ހޮސްޕިޓަލަށް ވަޑައިގެން ހާދިސާގެ އަސަރު ކުރި އާއިލާތަކާ ބައްދަލުކުރައްވައިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *