އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި

އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް މެދުވެރިކޮށް ދޫކުރާ އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށައެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ. މި ފުރުސަތު ހުޅުވާފައިވަނީ މި މަހުގެ ނިޔަލަށް ބީއެމްއެލުން ހުޅުވާލާފައެވެ.

އީއައިބީ ކޯވިޑް ރިލީފް ލޯނު ފަންޑަށް ކަނޑައެޅިފައިވާ އަދަދު ހަމަވުމާއެކު، ލިބިފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމުގެ އެންމެހާ މަސައްކަތްތައް ނިންމުމަށްޓަކައި މިލޯނަށް އެދި ހުށަހެޅުން 29 ޑިސެންބަރު 2020 ވަނަ ދުވަހު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ނަމަވެސް އީއައިބީ ކޯވިޑް ރިލީފް ލޯނަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންތައް އިވެލުއޭޓްކުރުމަށްފަހު އެ ފަންޑުގައި ބާކީ ފައިސާ ހުރުމާއެކު ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ވަނީ މި ލޯނަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލާފައެވެ.

އީއައިބީ ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބެންކް، އީއައިބީގެ ފަންޑުން ސަރުކާރުގެ އެހީތެރިކަމާއެކު ކޮވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ތައާރަފްކުރި ލޯނެކެވެ.

ލޯނަށް އެދިހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިއުންތައް [email protected] އީމެއިލް މެދުވެރިކޮށް 31 މާރިޗުގެ ކުރިން ހުށަހެޅޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ވިޔަފާރިތަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވާއިރު މި ލޯނަށް ކަނޑައެޅިފައިވަނީ %6 ގެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއް ލިބިގެންދާނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *