ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހު ކޮށްފި

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހު ކޮށްފި

ފަތުރުވެރިކަމުގެ ރަންޔޫބީލް އާއި ގުޅިގެން އެ މުނާސަބާތާއި ގުޅިގެން ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާނެ ލޯގޯ އެއް އިފްތިތާހްކޮށްފިއެވެ. ޓޫރިޒަމް މިނިސްްރީން މިއަދު ބޭއްވި ވާރޗުއަލް ޖަލްސާގައި ލޯގޯ އިފްތިތާހުކޮށްދެއްވީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި އަދި މިހާރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އަދި މަޓާޓޯ އާއި ބޯޓިން އެސޯސިއޭޝަން އަދި އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓް (އާޓާ) ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ރަންޔޫބީލް ލޯގޯ ލޯންޗް ކޮށްދެއްވި ރަސްމިއްޔާތުގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެލެއްވި އެއް ބޭފުޅެއް ކަމުގައިވާ ހެލްތް މިނިސްޓަރު އަޙުމަދު ނަސީމް އާއި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަޙުމަދު މުޖުތަބާ ވެސް ބައިވެރިވަޑައިގަތެވެ.

އަންނަ އަހަރު ފާހަގަ ކުރާ ޓޫރިޒަމްގެ ރަންޔޫބީލް ލޯގޯ ފަރުމާކޮށްފައިވަނީ އަބްދުﷲ ނަޝާތު އާއި އަހުމަދު އަޒްލީފް އެވެ. މި ލޯގޯއިން ރާއްޖޭގެ ސަފާތަކާއި ރާއްޖޭގެ ރީތިކަން ފެނިގެން ދެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *