ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފި

ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލްކޮށްފި

މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކާޑުގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު އުވި، މުދާ ގަންނަ ފަރާތްތަކާ ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކާޑުގެ ބާވަތްތަކުގެ ތެރެއިން އާދައިގެ ހަނޑޫ ކިލޯއެއް 4.80 (ހަތަރު ރުފިޔާ އައްޑިހަ ލާރި) އަށް ވިއްކަން ވަނީ އަންގާފައެވެ. އަދި އާދައިގެ ހުދު ހަކުރު ކިލޯއެއް 4.82 (ހަތަރު ރުފިޔާ އައްޑިހަ ދެލާރި) އަށް ވިއްކަން އަންގާފައިވާއިރު، އާދައިގެ ފުއް ކިލޯއެއް 3.80 (ތިން ރުފިޔާ އައްޑިހަ ލާރި) އަށް ވިއްކަން އަންގާފައި ވެއެވެ.

މީގެ އިތުރުން، އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ހަރަދުގެ ގޮތުގައި (ނާލާއި، މަޖޫރީ އަދި ފައިދާ ހިމަނައިގެން) މަތީގައި އެ އަގުގެ މައްޗައް ކިލޯއަކަށް ގިނަވެގެން އިތުރުކުރެވޭނެ އަދަދު ކަނޑައަޅާފައެވެ.

އެ މިނިސްޓްރީން ވަނީ ކޮންޓްރޯލް އަގައްވުރެ ބޮޑުކޮށް މުދަލެއް ވިއްކައިފިނަމަ، އެފަރާތްތަކާމެދު ފިޔަވަޅުއެޅޭނެކަމުގެ އިންޒާރު ދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *