މީރާގެ އޮފީސް ޢިމާރާތް

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކުދި ވިޔަފާރިތަކަށް މީރާއިން އެހީތެރިވަނީ

އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ކުދި ވިޔަފާރިތަކަށް މީރާއިން އެހީތެރިވަނީ

މިދިޔަ އަހަރު އިންކަމް ޓެކްސް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން ކުދި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް އެހީތެރިވެދިނުމަށް މި އަހަރުގެ މާޗު މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ހާއްސަ ޕްރޮގްރާމެއް ކުރިޔަށްގެން ދިއުމަށް މީރާއިން ނިންމައިފިއެވެ.

މީރާއިން ބުނީ ކޮވިޑުގެ ސަބަބުން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ ޓެލެފޯން އީމެއިލް އަދި އެނޫންވެސް އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް މި ޕްރޮގްރާމްގެ ދަށުން މީރާގެ ބްރާންޗްތަކާއި ކަލެކްޝަން ސެންޓަރުތައް މެދުވެރިކޮށް ބައެއް ރަށްރަށަށް ޒިޔާރަތް ކުރާނެ ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، މިދިޔަ އަހަރު ދިހަ މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ މަދުން އާމްދަނީ ލިބިފައިވާ ފަރާތްތަކަށް އިންކަމް ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *