މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާގެ ތެރެއިން ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 2 ރުފިޔާ 34 ލާރި ބަހަން އެކުންފުނީގެ އަހަރީ އާންމުޖަލްސާގައި ފާސްކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި100 ޕަސެންޓް ހިއްސާދާރުންގެ އެއްތިފާގުންނެވެ.
ހިއްސާއަކަށް ޖެހޭ އަގު އުރީދޫ މޯލްޑިވްސް އިން ފާސްކުރީ އެކުންފުނިން މިރޭ ހިއްސާދާރުންނާއެކު ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ. އަދި މިޖަލްސާގައި ވޭތުވެދިޔަ އަހަރުގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތައް އަދި އޯޑިޓަރުންގެ ރިޕޯޓް ފާސްކުރުމުގެ އިތުރުން ނިމިދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޯޑިޓަރުން އައްޔަންކޮށް އެފަރާތްތަކަށް އުޖޫރަ ކަނޑައެޅުމާއި ފާސްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިރޭ ބޭއްވި އުރީދޫ އާންމު އަހަރީ ޖަލްސާގައި ބައިވެރިވެފައި ވަނީ ހިއްސާދާރެއްފެ ހައިސިއްޔަތުން 36 ފަރާތެއް އަދި ޕްރޮކްސީ ހޯލްޑަރުންގެ ގޮތުގައި 8 ފަރާތަކުންނެވެ.90.77 ހިއްސާ ތަމްސީލް ކުރާ ހިއްސާދާރުން މި ޖަލްސާގައި ބައިވެރި ވެފައި ނުވާއިރު ބައިވެރިވި ހިއްސާދާރުން ތަމްސީލް ކުރަނީ 143،138،633 ހިއްސާއެވެ.

